އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަހުގީގު ކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އުވައިލައްވައިފި އެވެ.
އެމަނިކުފާނު މިއަދު އެ ކޮމިޝަން އުވައިލައްވައިފައިވަނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ގަރާރަކުންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.
ކޮމިޝަނާ މަތިކުރެއްވީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށެވެ.
ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާންމުކުރައްވާފައިވަނީ 17 ޖޫން ގައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފަ އެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަނިޔާވި ހައްވާ ޔުމްނު
މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
އަދި ބުނީ ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
ހައްވާ ޔުމްނު އަދި ރައުދު ޒިލާލް
އަދި ބުނީ ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. ނަމަވެސް ބުނީ އެ ހާދިސާގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވޭ ކަމަށެވެ. ސަބަބަެއް ކަމަށް ބުނީ ޔުމްނު އާއި ރައުދު މއ. މާންދޫގެއިން ނިކުތް ފަހުން އެ ހ. މައިރާއަށް ދިޔުމާ ދޭތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ އެވެ.
އެ މައްސަލާގައި ރައުދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެއީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. މިއީ މަހެއްހާ ދުވަހުގެ ކުރު ޖަލު ހުކުމެކެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާހީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވީ ޖޫން 23 ވަަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ، ދާހީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަ ކުރި ކަންކަން ވަނީ ބަޔާންކޮށްފަ އެވެ.
ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށް ވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގު ކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާ ކަމާއި ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައި ނުވާ ކަމާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް މުއިއްޒު
މީގެ އިތުރުން މައްސަލައިގައި އެންމެ މުހިންމު އެއް ސީން ކަމުގައިވާ ހައްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ހިދުމަތާގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށް އޮތްތަނުގައި ތަކުރާރު ވިޔަނުދިނުމަށް ޓަކައި، ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަހްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އާއި، ދާއޫދު އަހްމަދު މައްސަލައިގެ ތަހުގީގު ގައި ދިވެހި ފުލުހުންގެ ހިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ބަޔާން ކޮށްފައިވާތީ ހައްވާ ޔުމްނު ރަޝީދު ހ.މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަހްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަހްމަދާއި ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނަށް ފެންނަ ކަމަށް ރިޔާސީ ކޮމިޝަންގެ ރިިޕޯޓްގައިވާތީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ.
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ، ސިއްހީ ވުޒާރާއަށް އެންގެވި އެންގެވުމުގައި އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އިން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާވާފަ އެވެ.
އެ ގޮތުން ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާތީ، މިއީ އެފްޕީޔޫގެ އެސްއޯޕީގައި އެތަނުގެ މުވައްޒަފު އަމަލުކުރަން ޖެހޭ ގޮތްކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން އެނގޭ ކަމާއި އަދި އެފްޕީޔޫގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެ ނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ: މަސައްކަތް ނިމުމުން ރިޔާސީ ކޮމިޝަން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ