އުދަ އަރާނެތީ ބްރިޖުން ދަރުތުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

މިއަދު މެންދުރު 1:30 އާއި ހަވީރު 5އާ ދެމެދު އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާތީ ބްރިޖާއި ހައިވޭގައި ދަތުރު ކުރާ މީހުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ.
ތަފްސީލް - ފުލުހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުގައި ބްރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މިއަދު އެންމެ ބޮޑުދިޔަ ވާނީ ހަވީރު ގާތްގަނޑަކަށް 4ގަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، އެ އިދާރާ އިން ބުނީ އުތުރުގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން:
މެދުރާއްޖެ ތެރޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ
ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ
ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ