އަށް އަހަރަށް ފަހު ކޭޓީ އާއި އޯލެންޑޯ ވަކިވެއްޖެ
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަދި އޭލިސްޓު އެކްޓަރު އޯލެންޑޯ ބްލޫމް އެކުގައި އަށް އަހަރަށްވުރެ ގިނަ ދުވަހު އުޅުމަށްފަހު ދެމީހުން ވަކިވެއްޖެއެވެ. އެންގޭޖުވެ ކައިވެނި ކުރަން އުޅުނު މި ޖޯޑު ވަކިވާން އުޅޭ ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިމަހުގެ ކުރީކޮޅުގައެވެ. ބައެއް ގާތް މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި ކޭޓީ ދާދިފަހުން ނެރުނު އަލްބަމް ފްލޮޕަކަށްވުމަކީ މައްސަލަތައް ޖެހެން މެދުވެރިވި ސަބަބެވެ. އެހާ ހިސާބުން ދެމީހުންގެ ގުޅުން ހީނަރުވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކޭޓީގެ ފަރާތުން ފެނުނު އާދަތަކާ ގުޅިގެން ދެމީހުން ވަކިވާން ނިންމާފައިވާ ކަމަށް މިހާރު މައުލޫމާތު ލިބެއެވެ. ދެމީހުން ވަކިވާން ނިންމި ނަމަވެސް މި ނިންމުން އިއުލާނު ކުރާނީ ކޭޓީ މިހާރު ކުރިއަށް ގެންދާ އޭނާގެ މިއުޒިކް ޓުއާއަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ކޭޓީގެ މިއުޒިކް ޓުއާ މިއަހަރު ކުރިއަށްދާއިރު މިއަހަރުގެ ފަހުކޮޅުގައި ޓުއާ ނިންމާލާނެއެވެ. ދެމީހުން ވަކިވާން އުޅޭއިރު ދެމީހުން އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުގައެވެ. ފަންނާނުންނަށް ހާއްސަ އިވެންޓެއްގެ ތެރެއިން ދެމީހުން ދިމާވި ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު ދެމީހުން 2019 ވަނަ އަހަރު އެންގޭޖުވިއެވެ. ދެމީހުންގެ އެންގޭޖްމެންޓަށްފަހު މަސައްކަތް ކުރަމުންދިޔައީ ޖެހިގެން އައި އަހަރު ކައިވެނި ކުރާށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެމީހުންގެ ކައިވެނި ފަސްކުރި ގޮތަށް ދެމީހުން ކައިވެނިކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑްގެ ތެރޭގައި 2020 ވަނަ އަހަރުގައި ދެމީހުންނަށް ވަނީ ދަރިއެއް ލިބިފައެވެ. ކޭޓީއަށާއި އޯލެންޑޯއަށް ލިބުނީ އަންހެން ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ