މޫސުން ގޯސްވާނެ ކަމަށް ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށެވެ. އެގޮތުން މިރޭ ދަންވަރު 01:00 އިން ފެށިގެން ހެނދުނު 07:00 އާ ހަމައަށް އެސަރަހައްދުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މި ވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހޫނު ގަދަ ދުވަސްވަރެކެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ