ސިފައިން ތަށި އުފުލާލީ އެޗްޑީސީގެ ކިބައިން ބަދަލު ހިފުމަށްފަހު
ކުލަބު އެޗްޑީސީގެ ކިބައިން ބަދަލުހިފާ، ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި ދިވެހި ސިފައިންގެ ކުލަބުން އުފުލާލައިފިއެވެ. އެޗްޑީސީއަކީ މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަނެވެ. އެ ފަހަރު އެޗްޑީސީން ޗެމްޕިއަންކަން ހޯދީ 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ރޭ ކުޅުނު ފައިނަލް މެޗުވެސް ނިމުނީ 3-2 ސެޓުންނެވެ. ނަމަވެސް މިފަހަރު މޮޅުވީ ސިފައިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓުން ސިފައިން ކުރިހޯދީ 26-24 އިންނެވެ. ދެވަނަ ސެޓު 25-23 އެޗްޑީސީ ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު 25-22 ގެ ތަފާތަކުން އެޗްޑީސީ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ސިފައިން ކުރި ހިތްވަރުން ހަތަރުވަނަ ސެޓު 20-25 އިން ކާމިޔާބުކޮށް ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު 15-10 އިން ކާމިިޔާބުކުރި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. ފައިނަލް މެޗަށްފަހު ޑްރީމް ޓީމު ވަނީ ހޮވާފައެވެ. މުބާރާތުގެ ޑްރީމް ޓީމު-- ފޮޓޯ: ކުޅިވަރު ވުޒާރާ ވީއޭއެމް ކަޕްގެ ޑްރީމް ޓީމު އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) – ކްލަބް އެޗްޑީސީ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާދަމް ނަސީމް (އެޑަމް) – ދިވެހި ސިފައިންގެ ކްލަބް އެންމެ މޮޅު މިޑްލްބްލޮކަރ: މުޙައްމަދު އަހުސަން – ކްލަބް އެޗްޑީސީ އެންމެ މޮޅު މިޑްލްބްލޮކަރ: އާދަމް ފައިރޫޒް – ދިވެހި ސިފައިންގެ ކްލަބް އެންމެ މޮޅު އޮޕޮސިޓް ޕްލެއާ: ޝަމާއިލް ހުސައިން – ކްލަބް އެޗްޑީސީ އެންމެ މޮޅު ލިބެރޯ: އަހުމަދު މުޒްލިފް – ހުރާ ކޮމިއުނިޓީ ކްލަބް އެންމެ މޮޅު ސެޓަރ: ހުސައިން ޝާހިދު – ދިވެހި ސިފައިންގެ ކްލަބް އެންމެ އުއްމީދީ ކުޅުންތެރިޔާ: މުޙައްމަދު ސައިފް އަހުމަދު – ހުރާ ކޮމިއުނިޓީ ކްލަބް އެންމެ މޮޅު ކޯޗު: ޖުނެއިދު އަބްދުﷲ – ދިވެހި ސިފައިންގެ ކްލަބް އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ލުއިޒް – ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ޝާހިދު – ދިވެހި ސިފައިންގެ ކްލަބް މި މުބާރާތަށްފަހު މާދަމާ ފެށުމަށް ތައްޔާރުވަނީ އެސޯސިއޭޝަން ލީގެވެ. މި މުބާރާތަށްފަހު ދެން ފަށާނީ ގައުމީ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ