މެންޗެސްޓާ (ޖުލައި 5) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި އަލެހަންދްރޯ ގާނާޗޯ، މާކަސް ރެޝްފޯޑް، އެންޓޮނީ، ޓައިރެލް މަލާސިއާ އަދި ޖޭޑަން ސަންޗޯ، އެ ޓީމު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ ޕްރީ ސީޒަން ހަރަަކާތްތައް އިއްޔެ ފެށިގެންދިޔައިރު، ގާނާޗޯ، ސަންޗޯ، ރެޝްފޯޑް، މަލާސިއާ އަދި އެންޓޮނީ، އެ ޓީމުގެ ފަރިތަކުރުންތަކާ ގުޅުން ލަސްކޮށްދޭން އެ ކްލަބުން ވަނީ ނިންމައިފަ އެވެ. އެއީ، މުސްތަގުބަލާ ގުޅޭގޮތުން . ކަންތައްތަކެއް ނިންމަން ޖެހޭތީ އެވެ.
މިދިޔަ ސީޒަނުގައި ލޯނަކަށް ޗެލްސީ އަށް ކުޅުނު ސަންޗޯ، އަންނަނީ ޔުވެންޓަސް އާއި ފެނަބާޗޭއާ އެކު މަޝްވަރާ ކުރަމުންނެވެ. މަލާސިއާ ގެންދަން، ނެދަލެންޑްސް އާއި އިންގްލެންޑްގެ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެންޓޮނީ ބޭނުންވަނީ މިދިޔަ ސީޒަނުގެ ފަހު ހަ މަހު ލޯނަކަށް އޭނާ ކުޅުނު ރެއާލް ބެޓިސް އަށް ދާއިމީ ކޮންޓްރެކްޓެއްގައި ބަދަލުވާށެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގެ ފަހު ބައިގައި، އެސްޓަން ވިލާ އަށް ކުޅުނު ރެޝްފޯޑްގެ އެއްބަސްވުން ދާއިމީ ކުރަން ލިބުނު ފުރުސަތު ވިލާ އިން ވަނީ ދޫކޮށްލައިފަ އެވެ. ވިލާ އިން 60 މިލިއަން ޑޮލަރު ދައްކައިގެން ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރެވެން އޮތް ނަމަވެސް އޭގެ ބޭނުމެއް ނުހިފި އެވެ. ރެޝްފޯޑް އަންނަނީ އަމިއްލަ އަށް އެދިގެން ވެސް ބާސެލޯނާ އަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
ރަނގަޅު ޑީލެއް ނުލިބިއްޖެނަމަ، ރެޝްފޯޑް، ޔުނައިޓެޑްގައި މަޑުކޮށް، ޓީމުން ޖާގަ ހޯދަން މަސައްކަތްކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްއާ މައްސަލަ ޖެހިގެން، ގާނާޗޯ އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާގެ ވިސްނުމަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ގުޅުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގާނާޗޯ، ރެޝްފޯޑް، އެންޓޮނީ، އަދި ސަންޗޯ ޔުނައިޓެޑް ދޫކޮށްލާނެ ގާނާޗޯ، ރެޝްފޯޑް، އެންޓޮނީ، އަދި ސަންޗޯ ޔުނައިޓެޑް ދޫކޮށްލާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ