5 ރަށެއްގެ ކުޅިވަރު އިންފްރާސްޓަކްޗަރ ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

ކުޅިވަރާ ބެހޭ ވުޒާރާއިން 5 ރަށެއްގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީ އާ ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ވަނީ ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތާ، އެއް ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ރ.މާކުރަތް، ކ.މާފުށި، ގާފަރު، ތިމަރަފުށި އަދި ކަލައިދޫއެވެ. 
މި އެއްބަސްވުމުގެ ދަށުން މާކުރަތާއި ގާފަރުގައި ޖިމް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 453،000 ރުފިޔާއަށް 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މާފުށީ ޖިމްގެ އިކުއިޕްމަންޓްތައް ބަދަލުކުރުމުގެ މަސައްކަތް 291،600 ރުފިޔާގެ އަގަކަށް ހަވާލުކޮށްފައިވަނީ، 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މީގެ އިތުރުން ތިމަރަފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް 1.7 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައިވާއިރު، އެ ދަނޑުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ލ.ކަލައިދޫ އައުޓްޑޯ ޖިމްގެ އިކުއިޕްމަންޓްތައް ބަދަލުކުރުމުގެ މަސައްކަތް 291،600 ރުފިޔާގެ އަގަކަށް ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ