އެމްޓީސީސީ ސުޒުކީ ފޯރި: 15 ހޯސްޕަވަރުގެ އިންޖީނުގެ ނަސީބުވެރިޔާ ހޮވައިފި
އެމްޓީސީސީން ރޯދަމަހާ ދިމާކޮށް ކުރިއަށްގެންދިޔަ ސުޒުކީ ފޯރި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ. އެ ޕްރޮމޯޝަނަކީ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ކަށަވަރު ޝޯރޫމްގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކި 2.5 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 300 ހޯސްޕަވަރާ ދެމެދުގެ ސުޒުކީ އިންޖީނަށް ޑިސްކައުންޓް ވަނީ ދީފަ އެވެ. އަދި ފުލްކޭޝްކޮށް އިންޖީނު ގަތުމުން ލަކީޑްރޯއެއްގައި ބައިވެރިވެވި، 15 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ، ށ. ފޯކައިދޫ، ހިިތިލާގެ އަލީ ވަހީދު އަށެވެ. ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ނަސީބު ކޫޕަން ދައްކާލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ޕްރޮމޯޝަން އަމާޒުކޮށްފައި އޮތީ ރޯދަމަހާ ދިމާކޮށް ސުޒުކީ އިންޖީނު އާންމުންނަށް ހެޔޮ އަގެއްގައި ލިބޭނެގޮތް ހެދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ސުޒުކީ އިންޖީނަކީ މިހާރު ދިވެހިރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްގެން ރާއްޖެއަށް ގެންނަ ޕްރޮޑަކްޓެއް ކަމަށާއި، އެއީ ތެޔޮ ހަރަދު ކުޑަ އަދި ދުވެލި ބާރު އުފެއްދުމެއްގެ ގޮތުގައި އާންމުން އެ އިންޖީނު ބަލައިގެންފައިވާ ކަމަށެވެ. ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާ ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް އެފަދަ ޕްރޮމޯޝަންތައް އެމްޓީސީސީގެ ފަރާތުން ހިންގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ