ބޭސް ކުންފުނީގެ އެމްޑީއަކަށް ޝާހު މާހިރު

ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބޭސް އެތެރެކުރާ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީ ކަމަށް ޑރ. ޝާހް އައްޔަންކުރުމުގެ އިތުރަށް، ދެ ބޯޑު މެންބަރަކު އައްޔަންކޮށްފައިވާކަން ޕީސީބީން ހާމަކުރިއެވެ. އެއީ:އާއިޝަތު މުހައްމަދު/ މ. ކުރެއްދޫގެޝިބާނާ ޢަބްދުﷲ ދީދީ/ ފްލެޓް ނަންބަރު 10-3-1ޝާހު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އޭނާ ބޭސް ކުންފުންޏާ ހަވާލުވެވަޑައިގަތުމުން، އެ މަގާމު ހުސްވާނެއެވެ.މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޝާހު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ. ނަމަވެސް ޖޭޕީން ވަކިވެވަޑައިގެން، އޮގަސްޓު 2023ގައި އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ