ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިރޭ 7:40 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ތިނަދޫ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތީގަ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ދެ އަންހެނުންނެވެ. މި ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް ސައިކަލު ދުއްވި މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫ ގައި ކަމަށް ފުލުހުން މިރޭ ބުންޏެވެ. ސައިކަލުގައި ދެން އިން މީހާއަށް ވެސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ތަފުސީލު ނުދިނަސް، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެނީ ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ