މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު، 11 މީހަކަށް އަނިޔާވި

މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖު ހިމެނޭ ގޮތަށް، 46 އެކްސިޑެންޓު ހިނގައި، އެގާރަ މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިރޭ ފުލުހުން ވަނީ، މާލެއާއި ސިނަމާލެ ބުރިޖުގައި މިދިޔަ ހަފުތާގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ޖުމުލަ 46 އެކްސިޑެންޓެއް ހިނގާފައިވާއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އޭގެ ޖެހިގެން އައި ހޯމަ ދުވަހު އަށް އެކްސިޑެންޓެއް ހިނގާފައިވާއިރު، ޖެހިގެން އައި ތިން ދުވަހު އެ އަދަދު ހުރީ ހައެއްގައެވެ. އޭގެފަހުން، މިދިޔަ ހުކުރު ދުވަހު ހިނގީ ހަތަރު އެކްސިޑެންޓެއް ނަމަވެސް، އިއްޔެ ވަނީ ހަ އެކްސިޑެންޓު ހިނގައިފައެވެ. ބުރިޖުގައި ހިނގީ ހަތް އެކްސިޑެންޓެކެވެ. އަދި، ބާކީ 39 އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ. ބުރިޖު ލައިޓް ކައިރިން ހިނގި އެކްސިޑެންޓެއްގައި ގެއްލުންވި ކާރެއް: މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ވަނީ ހިނގާފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އެކްސިޑެންޓުތަކުގައި 45 އުޅަނދަކަށް ގެއްލުންވެ، އެގާރަ މީހަކަށް އަނިޔާވިއެވެ. މި އެކްސިޑެންޓުތައް ހިނގާފައި ވަނީ، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ކަމަށްވާއިރު، 29 އެކްސިޑެންޓު ހިނގީ ދުވާލުގެ އެކި ވަގުތުތަކުގައެވެ. އަދި، ރޭގަނޑު ހިނގާފައި ވަނީ 17 އެކްސިޑެންޓެކެވެ. އޭގެތެރެއިން ކުޑަ އަނިޔާއެއް ލިބުނު 43 އެކްސިޑެންޓު ހިނގިއިރު، ސީރިއަސް ތިން އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ހިނގާފައިވާ އެކްސިޑެންޓުތަކުގެ ވައްތަރުތަކަށް ބަލާއިރު، އެންމެ ގިނައިން މިދިޔަ ހަފުތާގައި އެކްސިޑެންޓުތައް ހިނގީ، ސައިކަލާއި ކާރު ޖެހިގެންނެވެ. އެބާވަތުގެ އެގާރަ އެކްސިޑެންޓު ހިނގާފައިވާއިރު، ސައިކަލުތައް ޖެހިގެން އަށް އެކްސިޑެންޓު ހިނގިއެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް: މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ވަނީ ހިނގާފައި -- ފޮޓޯ/ އެމްވީކްރައިސިސް އިތުރު އެކްސިޑެންޓުތައް: ޕިކަޕަކާއި ބަހެއް ޖެހިގެން އެކްސިޑެންޓެއް ޕިކަޕަކާއި ޕިކަޕެއް ޖެހިގެން ހިނގި ދެ އެކްސިޑެންޓު އެއް އުޅަނދު ހިމެނޭ ދެ އެކްސިޑެންޓު ހިނގި ސައިކަލާއި ޕިކަޕު ޖެހިގެން ހިނގާފައިވަނީ ދެ އެކްސިޑެންޓު ހިނގާފައި ދިޔަ މީހަކާއި ސައިކަލެއް ޖެހިގެން ދެ އެކްސިޑެންޓު ހިނގި ސައިކަލަކާއި ބަހެއް ޖެހިގެން ދެ އެކްސިޑެންޓުވި ސައިކަލާއި ބައިސްކަލެއް ޖެހިގެން ދެ އެކްސިޑެންޓުވި ކާރަކާއި ހިނގާފައި އުޅޭ މީހަކާ ދެމެދު އެކްސިޑެންޓެއް ހިނގި އެކްސިޑެންޓުވުމުން ނުހުއްޓި ފިލި އެކްސިޑެންޓެއް ކާރާއި ޕިކަޕެއް ޖެހިގެން ހިނގީ ތިން އެކްސިޑެންޓެއް ކާރަކާއި ކާރެއް ޖެހިގެން ވަނީ ހަތަރު އެކްސިޑެންޓު ހިނގާފައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އާންމުއިރު، އެފަދަ އެކްސިޑެންޓުތަކުގައި އެކިވަރުގެ ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. އެފަދަ އެކްސިޑެންޓުތަކުގައި ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ