ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޭން ސަރުކާރުން ނިންމި ދޫކުރާ ލޯނު ސްކީމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް ކުރިމަތިލާން ދެ ހަފްތާތެރޭ ހުޅުވާލަން ނިންމާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރެއްވީ، މި މަހުގެ 14 ވަނަ ދުވަހުއެވެ.
އެސްޑީއެފްސީއިން ބުނީ ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ލިބޭނެ ކަމައެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިނޭންސް ސްކީމެއްގެ ފުރުސަތު ސަރުން ހުޅުވައިލުމުގެ މައިގަނޑު ބޭނުމަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ.
އެގޮތުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނު ސްކީމްގެ ދަށުން ފަހިކޮށްދޭނެއެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޫކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ