ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 2 ވިޔަފާރިއެއް ބަންދު ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިޔަ 09 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން 02 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 01 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުންނާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަންވެސް ފާހަގަކޮށްފަ އެވެ.
އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި، ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
9 ތަނެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ