ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހަށް ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެ ވިޔަފާރި ވަފުދަކީ ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދާއެކު ވަޑައިގެންނެވި ވަފުދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމަކީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް މުއިއްޒު ސައުދީ އަރަބިއްޔާއަށް ވަޑައިގެން، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު، ހިޒް ރޯޔަލް ހައިނެސް، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދު އާއެކު ބޭއްވެވި ބައްދަލުވުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އިންވެސްޓުމެންޓާއި އިގުތިސާދީ ތަރައްގީ އާއި އަމިއްލަ ވިޔަފާރިތައް ތަރައްގީ ކުރުމުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަން އަދި އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާއިން ދެ ގައުމުގެ ދެމުގައި ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާއެކު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ވަށްމޭޒު ބައްދަލުވުމުގައި ވެސް އެ ވަފުދު ބައިވެެރިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ސިނާއަތްތަކުގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ގައުމުން ވެސް ދެމުންނެވެ.
ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ