ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް މަހެއް ފަހުން މިއަދު ރިކަވާކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް ގެއްލުނީ މިދިޔަ މަހުގެ 23ގަ އެވެ. އެ ޗެނަލުން އެންމެ ފަހުން އަޕްލޯޑުކޮށްފައިވަނީ މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު މ. ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ވީޑިއޯ އެކެވެ.
ތަފްސީލް - މިއަދު އެ ޗަނަލް ރިކަވާކޮށްފައިވާއިރު، ދިމާވި މައްސަލައެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޗެނަލް ގެއްލުނީ ބަޔަކު ހެކް ކުރުމުންނެވެ.
އެކަމަކު، ޔޫޓިއުބް ޗެނަލަށް ދިމާވި މައްސަަލައާ ގުޅޭ ގޮތުން މިއަދު 'ދައުރު'ން ސުވާލުކުރުމުން ރައީސް އޮފީހުން ވަކި ޖަވާބެއް ނުދެ އެވެ.
ފާހަގަކޮށްލެވޭ - ރައީސް ދެއްވާ ހާއްސަ ބަސްދީގަތުންތަކާއި ރަސްމިއްޔާތުތައް އަދި އެކިއެކި ހާއްސަ މުނާސަބަތުތަކާ ގުޅޭ ވީޑިއޯތައް އެ ޗެނަލަށް އަޕްލޯޑުކުރެ އެވެ. ނަމަވެސް، މިދިޔަ މަހު އެ ޗެނަލް ގެއްލުނު ފަހުން، ރައީސް ކުރެއްވި ދަތުރުފުޅުތަކާއި އެ ދަތުރުފުޅުތަކުގައި ބައިވެރިވި ޖަލްސާތަކުގައި ދެއްކެވި ވާހަކަފުޅުތައް އަދި އެ ޗެނަލަށް އަޕްލޯޑެއް ނުކުރެ އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް އެކައުޓް މަހެއް ފަހުން ރިކަވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ