މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނެވި އިބްރާހީމް އަބްދުއްރައްޒާގު ހަލީމް، ސަރުކާރުން ބޭސް އެތެރެކުރުމަށް އުފެއްދި ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ވެސް މިއަދު އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - ސަރުކާރުން އަލަށް އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް ހަލީމް އައްޔަންކޮށްފައިވާކަން، ޕީސީބީން ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ބުނީ ކީކޭ؟ - "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕަރސަންގެ މަގާމަށް، މ. ރަނިކަ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ އައްޔަނުކޮށްފައެވެ،" ޕީސީބީން ކުރި ޕޯސްޓްގައިވެ އެވެ.
ފާހަގަކޮށްލެވޭ - ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރެވެ. މާހިރުގެ އިތުރުން އެ ކުންފުނީގެ ބޯޑުގައި ދެން ތިއްބަވަނީ ދެ މެންބަރުންނެވެ. އެއީ:
އައިޝަތު މުހައްމަދު، މ. ކުރެއްދޫ
ޝިބާނާ އަބްދުﷲދީދީ، ފްލެޓް ނަންބަރު 10-3-1
ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. މި ކުންފުންޏަކީ ސަރުކާރުން %100 ހިއްސާވާ ކުންފުންޏެކެވެ.
ސަރުކާރު ބޭސް ކުންފުނީގެ ޗެއާޕާސަނަށް، އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ