އެމެރިކާއަށް އިޙުތިރާމް ކުރާނަމަ، މަމްދާނީއަށް ތާއީދު ކުރަން ތައްޔާރު: ޓްރަމްޕް
އެމެރިކާގެ ނިއު ޔޯކު ސިޓީގެ މޭޔަރުގެ މަގާމަށް އިންތިޚާބުވި ޒަހްރާން މަމްދާނީއަށް ތާއީދުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް އެއީ އޭނާ ގައުމަށް އިޙުތިރާމް ކުރާނަމަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާގެ ނަސްލުގެ މޭޔަރުގެ މަގާމަށް މަމްދާނީ އިންތިޚާބުވުމާ ގުޅިގެންނެވެ. އެ ކާމިޔާބީ ފާހަގަކުރުމަށް މަމްދާނީ ދެއްކެވި ވާހަކަފުޅުގައި ވަނީ، ޓްރަމްޕާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ މަމްދާނީ ދެއްކެވީ ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. ނިއު ޔޯކު ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ. ފޮޓޯ/ގެޓީ "މަމްދާނީ ޖެހޭ ވޮޝިންޓަންއަށް ކުޑަކޮށް އިޙުތިރާމް ކުރަން، އެކަން ނުކުރާނަމަ، ކާމިޔާބު ހޯދުމުގެ ފުރުސަތެއް ނެތް." ފޮކްސް ނިއުސްގެ ބްރެޓް ބައިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އަންގާރަ ދުވަހު ނިއުޔޯކަށް މޭޔަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގެ ކުރިން ޓްރަމްޕް ވަނީ މަމްދާނީއަށް ފާޑުވިދާޅުވެ، އޭނާއަކީ "ކޮމިއުނިސްޓް މޮޔައެއް" ކަމަށް ސިފަކުރައްވައިފައެވެ. އަދި އޭނާ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އެ ސިޓީއަށް ފެޑެރަލް ފަންޑު ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ