ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި ސްޕެއިން އަށް ދުނިޔޭގެ ރަސްކަން
ސްޕެއިނުން ނަތީޖާ ބަދަލު ކުރީ އިތުރު ވަގުތުގައި، ފެރާން ޓޯރޭޒް ޖަހައިދިން ލަނޑުންނެވެ. އިތުރު ވަގުތުގެ ދެ ހާފް އާޖެންޓީނާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.އެ ހާފުގައި މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްޕެއިންގެ ޓީމުންނެވެ. ބޯޅަ ހިފަހައްޓައިގެން 64 ޕަސަންޓް ޕާސް، އެ ޓީމުން ފުރިހަމަ ކުރި އެވެ.އެކަމަކު އާޖެންޓީނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ސްޕެއިނަށް ވަނީ އުނދަގޫތަކަކާ ކުރިމަތި ވެފަ އެވެ.މެޗުގެ ކުރީކޮޅު ސްޕެއިނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޑެނީ އޮލްމޯ އާއި ލަމީން ޔަމާލްގެ ގުޅިގެން އުފެްއްދި ފުރުސަތުގައި ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއު ކުރި އެވެ.ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ކެޕްޓަން ލިއޮނަލް މެސީ އަދި ހޫލިއަން އަލްވަރޭޒް ފަދަ މުހިންމު ކުޅުންތެރިން ތިބީ ބާކީވެފައި ކަހަލަގޮތަކަށެވެ.ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ވެސް އާޖެންޓީނާއަކަށް، އެ ހާފުގައި ނުއުފެއްދުނެވެ. އަދި ސްޕެއިންއާ ދެކޮޅަށް ކޯނަރެއް ވެސް ހޯދިފައެއް ނުވެ އެވެ.ހާފު ނިމެން ދަނިކޮށް ސްޕެއިންގެ މާކް ކުކުރޭޔާ ވަނީ ނުރައްކާތެރި ހަމަލާއެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.އެ ހާފުގައި އާޖެންޓީނާއަށް އެހެން ގޮންޖެހުމެއް ވެސް ކުރިމަތިވި އެވެ.މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އަށް ބަދަލެއް ނައުމުން ކުރިމަތިލީ އިތުރު ވަގުތުގެ ދެ ހާފަށެވެ. އާޖެންޓީނާ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އިރު ވެސް އެ ޓީމުގެ ގޯލް ފޫއަޅުވާލުމުގައި ސްޕެއިން އަށް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބެއް ނުހޯދުނެވެ. އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފަށް ނުކުމެ، ސްޕެއިންއިން ނަތީޖާ ބަދަލު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ