މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މެލޭޝިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާލާސްކަންފުޅާއި އުޅުއްވާތީ ބޭސްފަރުވާއަކަށެވެ.
ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ޖޫން މަހުގެ 20 ގެ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ