ފުލުހުންގެ އިތުރު ފައުޖެއް ތުލުސްދޫއަށް އަރައި ފޯރިމެރުން ވަރުގަދަކޮށްފި

ކ. ތުލުސްދޫން: ހުސައިން ހަސަން
މިރޭ އަނެއްކާވެސް ފުލުހުންގެ ފައުޖެއް މިރަށަށް އައިސް ފުލުހުންގެ ސަފުތައް ވަރުގަދަކޮށް މިރަށު އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އެ ގޮތުން ދެ ފުލުހަކު އަތޮޅު ކައުންސިލް އިދާރާ ދޮށުގައި ފޯރިމަރާއިރު، ރަށުތެރެ ބަލަހައްޓައި ޕެޓްރޯލް ކުރުމުގެ ހަރަކާތްތައްވެސް ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ރަޔަޓް ގިޔަރު ފުލުހުން ރެއާއި މިއަދުވެސް އެކިފަހަރު މަތިން މިރަށަށް އައިސްފައިވާއިރު، 30 ވުރެ ގިނަ ފުލުހުން މިހާރުގައި މިހާރު އެބަތިއްބެވެ އެވެ.
މިރަށުގައި ގާއިމުވެ އޮތް ފުލުހުންގެ ފައުޖު ރައްޔިތުންގެ ހަރަކާތްތަކަށް ފާރަވެރިވާއިރު، މިރަށުގެ ގިނަ ބަޔަކުވެސް ތިބީ އަތޮޅު ކައުންސިލްގެ އިދާރާ ހިސޯރަކޮށްފާނެތީ އެ ސަރަހައްދުގަ އެވެ. ބައެއް މީހުން ބަނދަރުމައްޗާއި ހޮޅުއަށިތަކުގައި އެއްވެސް ނިންޖެއްނެތި ފުލުހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން އެބަތިއްބެވެ.
"ފުލުހުންގެ މިހެން އުޅޭނަމަ މަށަން ހީވަނީ އަނެއްކާވެސް މާދަމާ ތި އޮފީސް ހުޅުވަންޖެހޭނީ އަހަރުމެން ހަށިފޮޅާލާފަ ނުކުމެގެންހެން. ދެން މިއީ ބަޔަކު ރައްޔިތުންނަށް ބާރުތަކެއް ދޭ ގޮތެއްތަ؟ ފޯރިއަށް ނުކުމެ ބަނދަރު މަތީގައި ހުރި މީހަކު ބުންޏެވެ.
އަތޮޅު ކައުންސިލް އިދާރާގެ އޮފިޝަލަކު މިރޭ ވިދާޅުވީ ފުލުހުން އެދިފައި ވަނީ ކައުންސިލް އިދާރާ ފުލުހުންނާ ހަވާލު ނޮކޮށްފިނަމަ، ބާރުގެ ބޭނުންކޮށްގެން ނަމަވެސް ހިސާރު ކުރާނެ ކަމަށް ކަމަށެވެ. އަދި އެކަމަށް އިންޒާރު ދީފައިވާ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެއް ނުވެ އެވެ.
މިރަށުގައި މިއަދު ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކު ރަށުގެ ސިއްހީ މަޒުކަރުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުންގެ ތެރެއިން ބޯ ފަޅައިގެންދިޔަ ޒުވާނާ މިރޭ އިރާކޮޅު ވަގުތެއްގައި ވަނީ މާލެ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ