ހިތުގެ އާލާސް ކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަވަމުން ގެންދަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައީސް ޔާމީނަށް ހާއްސަ މެސެޖެއްދެއްވަން އެދިވަޑައިގެންނެވި ކަމަށް ހޯމް މިނިސްޓާރ އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓާރ އަޒްލީން ވިދާޅުވީ ރޭ އެމަނިކުފާނު ގާސިމް އާއި ބައްދަލު ކުރެއްވީ ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށާއި އަދި މި ބައްދަލު ކުރުމުގައި ގާސިމް ވަނީ ރައީސް ޔާމީނަށް ހާއްސަ މެސެޖެއްދެއްވަން އެދިވަޑައިގެން ފައިކަމަށެވެ. ނަމަވެސް މިނިސްޓާރ ވިދާޅުވީ އެއީ ސިޔާސީ ވާހަކައަށްވުރެ ބޮޑަށް އާލާސްކަންފުޅާ އުޅުއްވާ ބޭފުޅަކު ދެއްވާ ކަހަލަ މެސެޖެއް ކަމަށެވެ.
އިތުރަށް މިނިސްޓާރ އަޒްލީން ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް ބޭސް ފަރުވާގެ ކަންކަން ލަސްވަނީ އެކަމާއި ވަރަށް ގިނަ ކަންކަން ހަމަޖައްސަން ޖެހޭތީ ކަމަށެވެ.
ރައީސް ޔާމީނަށް ޙާއްސަ މެސެޖެއް ދަންނަވަން ގާސިމް އެދިވަޑައިގަތް: މިނިސްޓާރ އަޒްލީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ