ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާއަށް ކަން ރަނގަޅަށް އެނގޭއިރު، ގާސިމް ފިއްލެވީ ކަމަށް ބުނެ ސަރުކާރަށް ދޮގު ހަބަރު ނުފެތުރޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވިޓެއްގައެވެ.Hon. Gasim vadaigathee beysfaruvaa ah kan ragalhah kashavaru vaairu sarukaarun Gasim fillevee kamah bune dhogu khabareh nufethureyne— Mohamed Nasheed (@MohamedNasheed) October 4, 2017ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން މިހާރު ހުންނެވި ގާސިމް ފިއްލެވީ ކަމަށް ބަލައި ރާއްޖެ ގެނައުމުގެ މަސއްކަތް ފަށާފައިވާ ކަމަށް ފުލުހުން މިއަދުވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހާޒިރުވާން ޖެހޭ މީހަކު ހާޒިރު ނުވެގެން ކަރެކްޝަނުން އެހީއަށް އެދިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ކުރި ހުކުމްވަނީ އިސްތިއުނާފު ކޮށްފައެވެ.
ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ކަރެކްޝަނުން ދިން މުއްދަތު މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށްވަނީ ހަމަވެފައެވެ.
ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ހުކުމްކޮށްފައިވަނީ ވެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ. އެ ހުކުމް މިހާރުވަނީ އިސްތިއުނާފުކޮށްފައެވެ.
ގާސިމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއާލައިނުން އެމަނިކުފާނަށް މިއަދުވެސް އަންގާފައވަނީ ދަތުރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިންގަޕޫރުން މާލެއަށް އޮންރަބަލް ޤާސިމް އިބްރާހީމަށް ދަތުރު ކުރުމުގެ ހުއްދަ އެއާލައިނުން ދީފައިނުވާކަން ވާނީ އަންގާފައި ކަމަށެވެ.
"އެމަނިކުފާނުގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓްގައިވާ ފަދައިން އެމަނިކުފާނުގެ ހިތުގެ އީ.ޕީ.ސްޓަޑީ (މާލޭގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ޓެސްޓް) ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް 19 އޮކްޓޯބަރު 2017 އަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހު ވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ވެސް ވާނީ މޯލްޑްވިސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ވަކީލުންގެ ބަޔާނުގައި ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، ގާސިމުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ތަކުރާރުކޮށް އަމަލުކުރަމުން ގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ގާސިމުގެ ފަރުވާގެ މުއްދަތު އިތުރުކޮށްދީފައި ނުވާތީ ސިވިލް ކޯޓުގައި ދަނީ ދައުވާ ވެސް ކުރަމުންނެވެ.
ގާސިމް ފިއްލެވީކަމަށް ނުބުނެވޭނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ