ފައްސިވާ ދިވެހިންގެ އަދަދަށް މަޑުޖެހުމެއް ވެސް ނާދޭ!

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ބޮޑެތި ލުއިތައް ދިނުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށިތާ އެއްމަސް ދުވަސްވީއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރެއިން ރާއްޖޭގައި ދުވަހުން ދުވަހަށް އެކްޓިވް ކޭސްތައް އައީ އިތުރު ވަމުންނެވެ. އެއާއި އެކު ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ އާދަޔާއި ހިލާފަށް އިތުރު ވެފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ދިން ލުއިތަކުގެ ސަބަބުން ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ މާސްކް އެޅުން މަޖުބޫރު ކުރިތާ ވެސް މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް ފައްސިވާ މީހުންގެ އަދަދު މަދުވާކަމަކަށް އަދި ނުދައްކައެވެ. ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދަށް ވެސް އެއްވެސް މަޑުޖެއްހުމެއް އަންނަ މަންޒަރެއް އަދަދުތަކަކުން ނުފެނެއެވެ.
މިއަދު ވެސް އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ތެރޭގައި 77 ދިވެހިން ހިމެނެއެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ