މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާރޓް ނެރެފި

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ކ. އަތޮަޅުން ލ. އަތޮޅާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 ން މިރޭ 20:30 އާއި ހަމައަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ