ކުޅުއްދުއްފުށިން ކުނި ނަގައި ސާފުކޮށްދޭނެ ބަޔަކު ފިނޭންސުން ހޯދަނީ

ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އުތުރުގައި ސިޓީއެއްގެ ގޮތުގައި އޮތް ކުޅުދުއްފުއްޓަށް ޖަމާވެފައިވާ ކުނިތައް ނަގާ ސާފުކޮށް ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.ކުނި ނަގައި ކުނިކަހާ ސާފު ކުރާ މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 75،000 ރުފިޔާ ހުށައަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.މި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ