ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުން ޑރ. ނަޒްލާ ކަރަންޓީނަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކަރަންޓީގައި މަޑުކުރަން ޖެހިއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ކުރެއްވި ޓްވީޓެއްގައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އޭނާގެ ތިމާގެ މީހަކާ ބައްދަލުވެ، ކޮންޓެކްޓްވުމުގެ ސަބަބުން އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން އޭނާ ގޭގައި ކަރަންޓީގައި މަޑުކުރަން ޖެހިފައިވާ ކަމަށެވެ.
އެކަމަކު އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތައް ގޭގައި ހުރެގެން ގަވާއިދުން ކުރިއަށް ގެންދާނެ ކަމަށް ވެސް ނަޒްލާގެ ޓްވީޓްގައިވެ އެވެ.
I have come in contact with a family relative who has now tested positive for Covid19. As per guidelines I am now in quarantine at home and Alhamdlillah I am doing well. I will continue to join the scheduled press conferences from home.May Allah keep us all safe .— Nazla Rafeeg (@nazla_r) August 14, 2020
ނަޒްލާގެ ޓްވީޓްކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުން ރާއްޖޭގައި ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުން ވެސް އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ