ކެޕްޓަން މޯލްޑިވްސް: ޖާރސީ އާއި ސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނީފޯމްގެ އިތުރުން މިހާރު ހެޔޮ އަގުގައި ފެންވަރު ރަނގަޅު މާސްކުވެސް!

"ކެޕްޓަން މޯލްޑިވްސް" އޭ ބުނުމުން އެއީ ކޮން ބައެއްކަން ނޭނގޭނީ މަދު ބަޔަކަށެވެ.
މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު މިކުންފުންޏަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނީފޯމާއި ޖާރސީ ފޯރުކޮށްދޭ ބައެކެވެ.
ފަސް އަހަރު ދުވަސް ވަންދެން އެއްވެސް ވަރުބަލިކަމެއް ނެތި މިޚިދުމަތް ދިނުމުގައި ދެމިހުރި "ކެޕްޓަން މޯލްޑިވްސް" އިން މިހާރު މިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިފައިވާ މިދުވަސްވަރު ތަފާތު އެކި ވައްތަރުގެ މާސްކު ވެސް ނުހަނު ހެޔޮ އަގުގައި އުފައްދާ، ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެވެ.
"ކެޕްޓަން މޯލްޑިވްސް" ގެ ޚިދުމަތް ތަކާއި ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެތަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާސިމް ވިދާޅުވީ "ކެޕްޓަން" އަކީ މިހާރު ރާއްޖޭގެ ސްޕޯޓްސް ބްރޭންޑެއް ކަމަށެވެ.
"މިމަސައްކަތްތައް ޝައުޤުވެރިކަން އުފެދުނު ގޮތަކީ، ލަންކާގެ ޖާރސީ ފެކްޓަރީއަކަށް ޖާރސީ ބައެއް ހަދަން ދިޔަ ދަތުރަކުން. އެންމެ ފުރަތަމަ މިމަސައްކަތްފެށުނީ މިނިވަން ޗެމްޕިއަންޝިޕްގައި ރ. މީދޫ ސްޕޯޓްސް ކްލަބްގެ ޖާރސީތައް ހެދި ހިސާބުން. އޭގެ ފަހުން ކޮމްޕެނީ ހަދައިގެން ކޮމްޕެނީ ރެޖިސްޓްރީ ކޮށްގެން މަސައްކަތް އިތުރަށް ފުޅާކުރީ. މާލޭގައި އިންނާނެ ޝޯރޫމެއް ވެސް ކެޕްޓަން މޯލްޑިވްސް ކިޔާ" އާސިމް ވިދާޅުވިއެވެ.
މިދުވަސް ކޮޅަކީ ކޮވިޑްގެ ހާލަތާއި ގުޅިފައިވާ ދުވަސްކޮޅަށްވުމާއެކު "ކެޕްޓަން މޯލްޑިވްސް" ގެ މަސައްކަތްތައް ކުޑަކޮށް ހުއްޓުން އެރިއެވެ. ނަމަވެސް އާސިމް ވިދާޅުވި ގޮތުގައި މިހާރު އަނެއްކާވެސް އެމީހުން ވަނީ ޖާރސީ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
ކޮންމެ މަސައްކަތަކީ ވެސް ދަތިތަކަކާއެކު ކުރެވޭ ކަންކަމެވެ. އެގޮތުން ކެޕްޓަން މޯލްޑިވްސް ގެ ޚިދުމަތްތައް ވެސް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރު ކޮށްދިނުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ.
"މިހާރު އެހާ ދައްޗެއް ނޫން. ކުރީގައި ދަތިކަމަކާއި ކުރިމަތިވި. ބޭރުން ދޯ ހައްދައިގެން މިގެންނަނީ. ހައްދައިގެން ގެންނައިރު ކުރިން ވެއްޖިއްޔާ ޓިކެޓު ނަގައިގެން ބަލާދާން ޖެހެނީ. މިހާރު ވެއްޖިއްޔާ ކަސްޓަމްސުން ކްލިއަރ ކޮށްގެން ނެރެވޭ. ދުވަހުން ދުވަހަށް ގެނެވޭ. މިހާރު މިކޮޅަށް އިންނާނީ ނަންބަރު ޖެހުމަށް މެޝިންތައް ވެސް ގެނެސްފައި އެއީ ޕްރިންޓު މިކޮޅުން ކުރެވޭ ގޮތަށް. ޝޯ ރޫމްގައި ލިބެން ހުންނާނެ ހަދާފައި ހުންނަ ޖާރސީ ވެސް." އާސިމް ވިދާޅުވިއެވެ.
ކެޕްޓަން މޯލްޑިވްސް އިން ހަމައެކަނި އުފައްދަނީ ސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނީފޯމާއި، ޖާރސީ އެކަންޏެއް ނޫނެވެ. މިހާރު އެތަނުން ވަރަށް ހެޔޮ އަގުގައި މާސްކު ވެސް ލިބެން ހުރެއެވެ.
"ކެޕްޓަން މާސްކަކީ މިހާރު މާލޭގައި ވެސް އަތޮޅުތެރޭގައި ވެސް ވަރަށް މަޝްހޫރު މާސްކުތަކެއް. ހުރިހާ ސައިޒެއްގެ މާސްކުވެސް މިދެނީ އެއް އަގެއްގައި. ސްކޫލް ކުދިންނަށް ޚާއްސަކޮށް މިވިއްކަނީ ޕްލޭން އެއްޗެހި. އެއީ ފަސް ލޭޔަރާއި ތިން ލޭޔަރުގެ އެއްޗެހި. ކެޕްޓަން މާސްކަކީ މިދުވަސްކޮޅު އެންމެ މަޝްހޫރު ބްރޭންޑް" އާސިމް ވިދާޅުވެފައިވެއެވެ.
"ކެޕްޓަން މޯލްޑިވްސް" ގެ ފަރާތުން ވަނީ "ދެން" އަށް ވެސް ވަރަށް ރީތި މާސްކުތަކެއް އުފައްދާ ދީފައެވެ. އެކަމަށްޓަކައި އާސިމް އަށާއި ކެޕްޓަން މޯލްޑިވްސް ޓީމަށް، "ދެން" ގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.
undefined
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ