ހާރިޖީ ސިޔާސަތަށް ފާޑުކިޔުން ކުށަކަށް ހެދީ ޖަރީމާ ހިންގަން: ޑރ. ޝަހީދު
ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔުން ކުށަކަށް ހެދީ ސްރީލަންކާގެ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފަދަ ބޭފުޅުންނަށް ރާއްޖެއިން ހިމާޔަތް ދިނުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ހާއްސަ ރެޕިއުޓާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ ރައިސް ގޮތަބަޔާ ރާޖަޕަކްސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވެދިން މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.ޑރ. ޝަހީދު ވިދާޅުވީ ދިވެހި ހާރިޖީ ސިޔާސަތު ޖަރީމައަކަށް ހަދާ، ގޮތަބަޔާއަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމަކީ ލަދުވެތި އަމަލެއް ކަމަށެވެ.ގޮތަބަޔާ އަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މުޖުރިމެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖޭގެ އިސްވެރިން ވަނީ އެފަދަ ބޭފުޅަކަށް ހިމާޔަތް ދީފައި ކަމަށެވެ.ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ނުރުހުމާއި ނަފުރަތު ގޮޓަބަޔާއަށް އަމާޒުވެފައި ވަނިކޮށް އޭނާ ގައުމު ދޫކުރައްވައި ފިއްލެވުމަށް ދިވެހި ސަރުކާރުން އެހީތެރިވުމުން އެ ލަންކާގެ ރައްޔިތުންގެ ނުރުހުން ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.އެކަމާ ގުޅިގެން ގިނަ ދިވެހިންނެއްގެ ނުރުހުންވެސް ސަރުކާރަށް އަމާޒުވުނުން ސަރުކާރުން ވަނީ އެކަމާ ގުޅިގެން ބަހެއް އިންކާރުކޮށްފަ އެވެ.އިތުރަށް ކިޔާލަން: ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން މައްސަލަ މަޖިލީހަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ