މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރައްޔިތުންގެ މަޖިލޫހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކާމިޔާބުކުރައްވައިފިއެވެ.
އެންމެ ފަހުގެ ނަތީޖާދައްކާގޮތުން އެމްޑީޕީ ކޭންޑިޑޭޓް ރާޝިދުއަށްވަނީ 1400އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓާ އޭނާއާދެމެދު 200 އެއްހައި ވޯޓުގެ ފަރަގު އެބަހުއްޓެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް އަލއުސްތާޛު މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންފައިވަނީ 1100އެއްހައި ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރި 3 ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދު ވޯޓު ލިބިވަޑައިގެންފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ޢަބްދުލްހަންނާން އިދުރީސަށެވެ. އަބްދުލްހަންނާންއަށް ލިބިވަޑައިގަތީ 302 ވޯޓެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިަށްގެންގޮސްފައިވަނީ ދާއިރާގެ ތިން ރަށް، ކޮމަންޑޫ، މަރޮށި، ފޯކައިދޫގެ އިތުރުން މާލޭގައެވެ. ވޯޓުލުމަށްޓަކާ 7 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި، އަދި މަރޮށީގައި ފޮށްޓެކެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 3،309 މީހުންނަށް ލިބިފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ. އޭރުވެސް ކޮމަންޑޫ ދާއިރާ ތަމްސީލް ކުރަމުން ދިޔައީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިންނެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޝިދު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ