24 ނޮވެމްބަރ 2016 ދުވަހު ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގަައި އެމް.ސީ.އައި.އެފް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ދީދީ އެވެ. ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މޫސާ އަހުމަދު އެވެ.
މި އެއްބަސްވުމުގެ ދަށުން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔުސިމް)ގެ ޕީއެޗާޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައި އެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އެމްސީއައި އެފްގެ ދަށުން ހިންގާ ސައުތުއޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް(ސައިފް)ގައި ކުރިއަަށްގެންދާ އިސްލާމިކް ފައިނޭންސް އާއި ހަލާލް އިންޑަސްޓްރީގެ ސެޓްފިކެޓް އަދި ޑިޕްލޮމާރ ފެންވަރުގެ ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން "ޔުސިމް" އިން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމްސީއައިއެފްއިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ދިރާސާ ތަކުގައި ރިސާރޗް ޕާރޓްނާއެއްގެ ގޮތުގައި ޔުސިމް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައިވެ.
އެމްސީއައި އެފްގެ މެނޭޖިންގ ޑިރެކްޓާރ އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި، މި އެއްބަސް ވުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް މިއަންނަ ޖަނަވަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާއެވެ. ފުރަތަމަ ޕީއެޗްޑީ ބެޗްގައި ބައިވެރިވެ 5 ބޭފުން ކޯސް ކުރިއަށް ގެންދާގޮތަށް ވަނީ ހުރިހާކަމެއް މިހާރު ވަނީ ހަމަޖައްސައިފައެވެ.
އިސްލާމިކް ފައިނޭންސް ދާއިރާގެ ޕީ.އެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގަން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ