އުމުރަށް ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒް ވިދާޅުވީ، ނާޒިމަށް ސިންގަޕޫރްގައި ބޭސް ފަރުވާކުރަން ދިން މުއްދަތު ހަމަވުމުން، އޭނަ އަލުން އިތުރު އޮޕަރޭޝަނޭއް ވެސް ކުރަން ޖެހޭތީވެ، އޭނައަށް ދިން މުއްދަތު އަނެއްކާވެސް އިތުރު ކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު މުއްދަތު އިތުރު ކޮށްފައި ވަނީ މިމަހުގެ ނިޔަލަށް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ. އެފަހަރު އޭނާ އަށް ކަރެކްޝަނަލް ސާވިސް އިން ދިނީ ދެ ހަފުތާގެ މުއްދަތެކެވެ.
ނާޒިމް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން މާލޭގައި އޭޑީކޭ އާއި އައިޖީއެމްއެޗްގައި ވެސް އެތައް ފަހަރަކު ނާޒިމަށް ފަރުވާ ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދީފައިވެ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
މެމްބަރު ނާޒިމްގެ ބޭސްފަރުވާއަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ