ރާއްޖެ ނަލަކޮށް، ފެހިކޮށް ބޭއްވުމަށްޓަކައި ރާއްޖޭގެ ހުރިހައި ރައްޔިތުން އެކުގައި އަތުގުޅައިލުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ގޮވާލައްވައިފިއެވެ.
ޑރ. އަލީ ޝަމީމް މިކަމަށް ގޮވައިލެއްވެވީ މިނިވަން މުއައްސަސާތަކުގެ ފަރާތުން ޖޫން މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށް ގެންދާ ގަސްއިންދުމުގެ ޕްރޮގްރާމުގެ ކަންކަން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ޑރ. ޝަމީމް ވިދާޅުވީ 14 ފަރާތެއް ގުޅިގެން މިފަށާ ޕްރޮގްރާމްގައި އިތުރު ބައިތައް ވެސް ހިމެނޭ ކަމަށާއި އެކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އެ މުއްސަސާތަކުގެ އިތުރުން ހުރިހައި ރައްޔިތުންވެސް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރުމާއި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރަން މަސައްކަތްކުރުމާއި ކުނި މެނޭޖްކުރަން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނިފައިވާތީ ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ޖުލައި މަހުގެ 4 ވަނަ ދުވަހު ބާއްވާ ހަރަކާތުގެ ތެރެއިން މުއައްސަސާތަކުގެ ފަރާތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އިޤްރާރެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި މިފަދަ އިޤްރާރެއްގައި ޜާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ސޮއިކުރުން މުހިންމު ކަމަށެވެ.
ރާއްޖެ ނަލަކޮށް ފެހިކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުން އަތުގުޅާލުމަށް ޑރ. ޝަމީމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ