އިންޑިއާގެ ސިނަމާތަކުގަ ޤައުމީ ސަލާމް ކިޔަން ސްޕްރީމް ކޯޓުން މަޖުބޫރުކޮށްފި

އިންޑިއާގެ ސިނަމާތަކުގައި ފިލްމް ދަްއކަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަން ސްޕްރީމް ކޯޓުން މަޖުބޫރުކޮށްފިއެވެ.
ސްޕްރީމް ކޯޓުން ކުރި އަމުރުގައިވަނީ ފިލްމް ދައްކަން ފެށުމުގެ ކުރިން އެންމެން ކޮލަށް ތދުވެ ޤައުމީ ސަލާމްގައި ބައިވެރިވާންޖެހޭނެ ކަމަށެވެ. އަދި ޤައުމީ ސަލާމް ކިޔާއިރު ސްކްރީނަށް ޤައުމީ ދިދަ އރުވާފައި ބަހައްޓަންޖެހޭނެ ކަމަށެވެ.
މިފަދަ އަމުރެއް ސްޕްރީމް ކޯޓުން ނެރުނީ އަމިއްލަ މީހަކު ހޫށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. ގޯއާ އާއި މަހަރަސްތުރާގައި މިހާރުވެސް ގެންދަނީ އެގޮތަށް ޤައުމީ ސަލާމް ކިޔަމުންނެވެ.
ސިނަމާތައް ހިންގާ ފަރާތްތކުން ބުނަމުން ދަނީ މިފަދަ ގޮތަކަށް އަމލުކުރަންފަށައިފިނަމަ ޤައުމީ ސަލާމުގެ ޙުރުމަތް ކެނޑޭފަދަ ކަންކަން މީހުން ކުރަން ފަށައިފާނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ