އެމެރިކާގެ ފްލޮރިޑާގެ އޯލާންޑޯގައި ހަތިޔާރާއެކު މީހަކު ވަދެ، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ކްލަބެއް ކަމަށްވާ ޕަލްސް ކްލަބުގައި ޕާޓީކުރަން ތިބި ބައެއްގެ ތެރެއަށް ބަޑިޖަހައި 49 އަށްވުރެ ގިނަ މީހުން މަރައިލި ހަމަލާއަކީ އައިއެސް އާ އެއްވެސް ގުޅުމެއް އޮތް ހަމަލާއެއް ނޫންކަމަށާއި އެކަމަކީ ބަދަލުހިފުމުގެ ކަމެއްކަމަށް އުމަރު މަތީނުގެ ފިރިހެން ލޯބިވެރިޔާ ކަމަށް ބުނާ މީހަކު ހާމަކޮށްފިއެވެ.
މިގުއެލް ކިޔާ އެ ފިރިހެން މީހާ ޔުނިވިޜަން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އުމަރު ވަނީ އޭނާއަށް އެނގިގެން ދެ ފިރިހެނެކާއެކު ޖިންސީ ގުޅުންތަކެއް ހިންގާފައި ކަމަށާއި އޭގެ ތެރެއިން އެކަކު އެއީ އެޗްއައިވީ އެއިޑްސް އަށް ޕޮސިޓިވް މީހެއްކަން ފަހުން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން، މިގުއެލް ބުނާގޮތުގައި އުމަރުގެ ހަމަލާއަކީ އޭނާއަށް އެއިޑްސް ޖެހިއްޖެކަމަށް ޝައްކުއުފެދުމުން އެކަމުގެ ނަފްރަތުގައި ހިންގި ހަމަލާއެއް ކަމަށް ބެލެވޭކަމަށެވެ.
9/11 ގެ ފަހުން އެމެރިކާ ސިއްސުވާލި މި ބަޑީގެ ހަމަލާއަކީ، އެއް ޖިންސުން ގުޅުން ހިންގުމަށް ނަފުރަތުކުރާ އުމަރު މަތީން ކިޔާ ސެކިއުރިޓީ އޮފިސަރަކު ދިން ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، ފަހުން އެނގިފައިވާ ގޮތުގައި އޭނާއަކީ ވެސް އޭގެ މީހެކެވެ.
އުމަރު މަތީންގެ ބައްޕަ ބުނެފައިވަނީ، މީގެ މަސްތަކެއް ކުރިންވެސް، އެއް ޖިންސުން ގުޅުން ހިންގާ ބަޔަކު ފެނުމުން އުމަރު ވަނީ އެކަމާހުރެ ބޮލަށް އުނދަގޫވެގެން އުޅެފައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އުމަރުގެ ކުރީގެ އަނބިމީހާ ބުނެފައިވަނީ އުމަރަކީ އެހާ ސްޓޭބަލް މީހެއް ނޫންކަމަށާއި، އޭނާ އަކީ ގެވެށި އަނިޔާކޮށް އުޅުނު މީހެއް ކަމަށެވެ.
ގޭ ނައިޓް ކްލަބްގެ ހަމަލާއަކީ ބަދަލުހިފުމެއް ކަމަށް އުމަރު މަތީނުގެ ފިރިހެން ލޯބިވެރިޔާ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ