ސިޔާސީ މަޤުޞަދުތައް ޙާސިލުކުރަން އެދޭނަމަ ބިރުފަހަނަޅައި ދާންޖެހޭކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓަކާ ގުޅުވައިގެން ދައުލަތުގެ މީޑިޔާއިން ގެނެސްދިން ރިޕޯޓްގެ މައްސަލަ ފުލުހުންނާއި ބްރޯޑްކޮމް އިން ބަލަންޖެހޭ ކަމަށް، ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ޕީއެސްއެމް އިން ގެނެސްދިން ރިޕޯޓަށްފަހު މާގިނަ އިރެއް ނުވަނީސް، ޓްވިޓަރގައި މައުމޫން ހަމީދު ވަނީ އެ މައްސަލަ އަކީ އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ބަލާ މައްސަލައަށް ވެދާނެތޯ ސުވާލު އުފައްދަވާފައެވެ.
އަބުރު ރައްކާތެރިކުރުމުގެ ޤާނޫނަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެ ޤާނޫނުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް ނިގުޅައިގަނެވިފައި ވާކަމަށެވެ. އެހެންނަމަވެސް، ހުރިހާ ފަރާތްތަކަކުންވެސް ދަނީ އެ މީހަކަށް ނުވަތަ އެ ބަޔަކަށް ފެންނަ ހިޔާލެއް ފާޅު ކުރަމުންނެވެ. އަދި ފެންނަ އެއްޗެއް ލިޔަމުންނެވެ.
ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅެއް އޮޅުން އަރާފަދަ ގޮތަކަށް ޕީއެސްއެމް އިން ގެނެސްދީފައިވާ ކަމަށް ބަލައި، އެ މައްސަލަ ބަލަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ރާއްޖޭގައި "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގެންފި" ކަމަށް ބުނެ ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ އެއްވެސް ފަރާތެއްގެ މައްސަލަ ބެލުމަކަށް ވަކީލު މައުމޫން ހަމީދު ގޮވާލައްވާފައެއް ނުވެއެވެ.
ރައީސް މައުމޫނާ ބެހޭގޮތުން ޕީއެސްއެމް އިން ގެނެސްދިން ރިޕޯޓްގެ މައްސަލަ ބަލަންޖެހޭ - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ