އަބުރު ރައްކާތެރިކުރުމުގެ ބިލް ފާސްނުކުރުމަށް މަޖިލީހުގެ މެންބަރުންނަށް މައުމޫން ގޮވާލައްވައިފި

އަބުރު ރައްކާތެރިކުރުމުގެ ބިލް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް މައުމޫން ގޮވާލައްވައިފިއެވެ.
އަބުރު ރައްކާތެރިކުރުމުގެ ބިލަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ކުރިއްސުރެވެސް ދެކޮޅު ހައްދަވަމުން ގެންދެވުމަށްފަހު، މިހާ ހާމަކަން ބޮޑުގޮތެއްގައި އެ ބިލަށް އިންކާރު ކުރުމަށް އާންމުކޮށް ގޮވާލެއްވި މިއީ ފުރަތަމަ ފަހަރެވެ.
މިރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، އަބުރު ރައްކާތެރި ކުރުމުގެ ބިލް ދިރާސާ ކުރާ ކޮމެޓީން އެ ބިލު ބަލައިގަނެ އިސްލާހުތަކާއެކު ފާސްކޮށް، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ބިލް ފާސްކުރުމަށް ހުށަހަޅާނެ ކަމަށް ބެލެވިފައި ވަނިކޮށް ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މިރޭ ވިދާޅުވީ، އިސްލާމް ދީނުގެ އަސާސްތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ރޫހު ދެމެހެއްޓުމަށްޓަކައި، އަބުރު ރައްކާތެރިކުރުމުގެ ބިލް ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ