ވެރިކަން ކުރާ ޕީޕީއެމްގެ ވައިބަރ ގުރޫޕްތަކުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިޝް މައުމޫން ބޭރުކޮށްލައިފިއެވެ.
ޕީޕީއެމްގެ ހުރިހާ ވައިބަރ ގުރޫޕްތަކުން ފާރިޝް މައުމޫން ބޭރުކޮށްލާފައި މިވަނީ، އޭނާ ޕީޕީއެމް އިން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން މިއަދު ނިންމާފައި ވަނިކޮށެވެ.
މި ނިންމުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމާފައިވަނީ، މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަށް ފާރިސް ހާޒިރުވުމަށް އަންގާފައިވަނިކޮށް، އޭނާ ކޮމެޓީއަށް ހާޒިރުނުވުމުން ޣައިރުހާޒިރުގައި މައްސަލަ ބެލުމަށްފަހުއެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅާފައިމިވަނީ، އިއުލާން ނުކޮށް ރަށްތައް ދޫކުރުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދިނުމަށް، ޕީޕީއެމްއިން ތްރީލަން ވިޕެއް ނެރެފައިވަނިކޮށް އެ ނިންމުމާ ދެކޮޅަށް، އޭނާ ވޯޓު ދެއްވުމާ ގުޅިގެންނެވެ.
ސުލޫކީ ކޮމެޓީއަށް ފާރިސްގެ މައްސަލަ ހުށައެޅުއްވުމާއެކު، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ، ޕީޕީއެމްގެ ތްރީ ލައިން ވިޕާ ޚިލާފަށް ވޯޓްދެއްވި ހުރިހާ މެންބަރުންނަށް ފިޔަވަޅު ނާޅައި ހަމައެކަނި ފާރިސް އަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫންކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިމިވަނީ، ރައީސް މައުމޫންގެ ހުއްދަނެތި އެ ޕާޓީގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުމެއް ބާއްވައިގެން ނުވާނެކަމަށް ރައީސް މައުމޫން އަންގާފައިވަނިކޮށެވެ.
ޕީޕީއެމްގެ ވައިބަރ ގުރޫޕްތަކުން ފާރިޝް ބޭރުކޮށްލި އިރު، މިއަދު ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާދެއްވި ދުންޔާ މައުމޫން ވަނީ ޓްވިޓަރގައި ހަރަކާތްތެރިވެލައްވަން ފައްޓަވާފައެވެ.
ޕީޕީއެމްގެ ވައިބަރ ގުރޫޕްތަކުން ފާރިޝް މައުމޫން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ