އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރަން ނެގި ވޯޓު ކާމިޔާބު ނުވީ ރައީސް ޔާމީން ނުވަތަ މިނިސްޓަރ ޝައިނީގެ ކުށަކުން ނޫން ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ޚާއްސަ ރެޕަޓުއާއެއްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ގޮނޑި ކާމިޔާބު ނުވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވުމަކީ ރައީސް ޔާމީން ނުވަތަ މިނިސްޓަރ ޝައިނީގެ ކުށެއް ނޫން ކަމަށެވެ. އަދި ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގައި މައްސަލައަކަށްވީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި ސަލާމަތީ މަޖިލީހަށް ކުރިމަތިލުމަށް ނިންމެވި ނިންމުމެވެ.
އަދި އެފަދަ ޒިންމާދާރުކަން ކުޑަ ނިންމެވުމެއް ނިންމެވީ ކީތްވެގެންތޯ ޝަހީދުވަނީ ސުވާލު ކުރައްވަވާ އެބޭފުޅުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ޝަހީދުގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ކޮންމެ ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުއްޓަސް ދިވެހިރާއްޖެއަށް އެގޮނޑި ނުލިބޭނެ ކަމަށެވެ.
އދ ގެ ސަލާމަތާބެހޭ މަޖިލީހަކީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. މިމަޖިލީހުގައި ދާާއިމީ ހަތަރު ޤައުމު، އެމެރިކާ، ރަޝިޔާ، ޗައިނާގ، އިނގިރޭސިވިލާތް،، ފުރާންސްގެ އިތުރުން އިތުރު 10 މެންބަރު ޤައުމު އޮވެއެވެ. މިދިހަ މެންބަރުންނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދެއަހަރުގެ ދައުރަކަށް ހޮވާ މެންބަރުންނެވެ. އދ ގެ ސަލާމަތީ ގޮނޑިއަށް އިންޑޮނޭޝިޔާއާއި ވާދަކޮށް ރާއްޖެއަށް ލިބުނީ 46 ވޯޓެވެ.
ރާއްޖެއަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވީ ރައީސް ޔާމީން ނުވަތަ މިނިސްޓަރ ޝައިނީގެ ކުށަކުން ނޫން - ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ