ރެޑްވޭވުން ކާބޯތަކެތީގެ އިތުރު ބާވަތްތަކެއްގެ އަގުހެޔޮކޮށްފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ރެޑްވޭވްގެ ފިހާރަތަކުން ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުހެޔޮ ކޮށްފި އެވެ.
މާލެ އާއި ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގާ ރެޑްވޭވުން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން އޮރެންޖާއި ކެރެޓާއި އިނގުރާއި ލޮނުމެދު އަދި ލުނބޯ އަގުހެޔޮ ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު މިހާރު އޮރެންޖެއް ތިން ރުފިޔާ އަށް ކެރެޓު ކިލޯއެއް 25ރ. އަށް އިނގުރު ކިލޯއެއް 45ރ. އަށް ލޮނުމެދު ކިލޯއެއް 35ރ. އަށް ލުނބޯ ކިލޯއެއް 30ރ. އަށް ލިބޭނެ އެވެ.
މި ތަކެތި އަގުހެޔޮ ކުރަން ނިންމީ މިއީ އާއްމުކޮށް ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ވާތީ ކަމަށް ރެޑްވޭވުން ބުނެ އެވެ. ރޯދަ މަހުގެ ނިޔަލަށް މި އަގުގައި މި ތަކެތި ވިއްކުމަކީ އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރެޑްވޭވުން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމެވެ. ހާއްސަކޮށް ރޯދަ މަހު ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ރެޑްވޭވުން ވަނީ އެ ކުންފުނިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ވެސް މިދިޔަ ހަފުތާ އިން ފެށިގެން ހެޔޮކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ