އަދުރޭގެ ނުސީދާ މެސެޖެއް ޗައިމްސް ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ޝަރަފްވެރި މެހްމާނަކަށް ރައީސްގެ އަނބިކަނބަލުން ޑިމާންޑް ބޮޑުވެ ގަން ހިމެނޭ ގޮތަށް 7 އެއާޕޯޓަކަށް އިތުރު ފްލައިޓްތަކެއް އަޅަނީ މެރިޓައިމް ހަބް ގެ ކޮންސެޕްޓާ ގުޅޭ ސާވޭގެ މަސައްކަތްތައް ފަށައިފި

ލ. އަތޮޅުގައި “ވަން އައިލެންޑް” ކޮންސެޕްޓްގެ ހަތަރު ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމުގެ ލީސް އެއްބަސްވުމުގައި މި ހަފުތާ ތެރޭގައި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދަޅުވެއްޖެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށާއި މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ގަމާއި ފުނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
“އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،” ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.
“ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި،” ފައިސަލް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް 77 ގޮނޑި މިހާރު ކާމިޔާބުވެފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މަޖިލީހުގެ އިންތިހާބެއްގައި މިހާ ގިނަ ގޮނޑި ސަރުކާރަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ