މޫސުން ގޯސްވެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ. އެ ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 11:00 އިން މެންދުރުފަހު 03:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި، ބޯކޮސްވާރޭވެހި ގުގުރުން އެކަށިގެންވާ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވަގުތުގައި އެކި ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ