ޕިކްސަލް ޕްރޯ: އޭދަފުށީގައި ޕްރިންޓިންގ ޚިދުމަތްދޭ މުޅިންތަފާތު ފިހާރައެއް

އޭދަފުށީގައި ޕްރިންޓިންގ އާގުޅޭ ގިނަ ޚިދުމަތްތަކެއް ދޭ މުޅިން އާފިހާރައެއް ”ޕިކްސަލް ޕޮރޯ“ގެ ނަމުގައި ހުޅުވައިފިއެވެ.
މީގެ ދެ ދުވަސް ކުރިން ރޯޝަނީ މަގުގައި ހުޅުވި މިފިހާރައިން ފޮޓޯ ކޮޕީ ނެގުމާހަމައިން ފެށިގެން ހުރިހާވައްތަރެއްގެ ޕްރިންޓް ވެސް ކޮށްދެއެވެ. ޕްރިންޓިންގެ އިތުރުން ޕާސްޕޯޓްފޮޓޯ ނަގައިދިނުމާ ކޭކް ޓޮޕަރ ހަދައިދިނުމާ ސީވީ ހަދައިދިނުމުގެ ޚިދުމަތްވެސް މި ފިހާރައިން ލިބެން ހުރެއެވެ.
މި ފިހާރައިގެ ތަފާތަކީ އޮންލައިންކޮށްވެސް ޚިދުމަތަށް އެދެވޭ ކަމެވެ. މިއީ މީގެ ކުރިން އޭދަފުށީގައި ޕްރިންޓިންގ ޚިދުމަތް ދޭ ތަންތަނުން އާއްމުކޮށް ކޮށްއުޅުނު ކަމެއް ނޫނެވެ.
“ޕިކްސަލް ޕްރޯ ގެ ޚިދުމަތްތައް އޮންލައިންކޮށް ދޭން ނިންމާފައިވަނީ ވަރަށް ގިނަ ފަހަރު އެބަފެނޭ މިކަހަލަ ޚިދުމަތްތައް ހޯދަން އަންނަ މީހުން ކިއުގައި ޖެހި އެކަމުގައި ބޭކާރު ވަގުތު ތަކެއް ނަގާލެވޭ ތަން. މިތަނުން ޚިދުމަތް ހޯދާ ކަސްޓަމަރުން ކިއުގައި ޖެހޭކަށް ނުޖެހޭނެ. އޮންލައިންކޮށްވެސް ޚިދުމަތަށް އެދެވޭނެ.” ފިހާރައިން މައުލޫމާތު ދިނެވެ.
އެފިހާރައިން ބުނީ އޮންލައިންކޮށް ޚިދުމަތް ދިނުމުން އެތައް ބައެއްގެ އަގުހުރި ވަގުތުތައްސަލާމަތްވެ ކިއުގައި މަޑުކުރަން ޖެހުމުގެ އުނދަގުލަށް ނިމުން އައީ ކަމަށެވެ.
އޮންލައިންކޮށް ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެފިހާރައިގެ ފޯން ނަންބަރު އަށް ވައިބަރ ކުރުމުން ނުވަތަ ފޭސްބުކް ޕޭޖް PIXEL PRO އަށް މެސެޖް ކުރުމުން ބޭނުންވާ ޚިދުމަތް ކޮލިޓީ އަދި ރަނގަޅު އަގުގައި ލިބޭނެކަމަށް ޕްރޯއިން މައުލޫމާތު ދިނެވެ.
ފިހާރައިން އިތުރަށް ބުނީ ޓެކްނޮލޮޖީއާއި ރައްޓެރި އަދި ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ލަފާއާއި އެހީދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ