މިޔަންމާ ސިފައިން ރާހައިން ސްޓޭޓަށް އަރައިގަނެ، މުސްލިމުން މަރައި، ގެދޮރުގައި ހުޅުޖަހައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން ކޮލަމާފުށީ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ.
ކޮލަމާފުށީގެ ކުދިން ބޮޑު އެންމެން ބައިވެރިވި މި އެއްވުމުގައި ބެނާތަކާއި ޕޯސްޓަރުތަށް ވަނީ ބޭނުން ކޮށްފައެވެ. އަދި ހިނގާލުމުގެ ބައިވެރިން ވަނީ ކަޅު ކުލައިގެ ހެދުން މި ހިނގާލުމުގައި ބޭނުން ކޮށްފައެވެ.
މިޔަންމާގެ ހާލުގަ ޖެހިފައިވާ މުސްލިމުންނަށް އެހީ ވުމަށް ފަންޑް ރައިޒިން އިވެންޓެއްވެސް މިމަހު 13 އިން 14 އައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ކަމަށް ކޮލަމާފުށީ ކައުންސިލް އިދާރާއިން ބުނެއެވެ.
މިޔަންމާގެ މުސްލިމުންނާ އެކު ތިބި ކަން ހާމަ ކުރުމުގެ ގޮތުން ބޭއްވި މި ހިނގާލުމުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިޔަންމާ ސިފައިން މިދިޔަ މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޖާ ދަރިކޮޅުގެ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ މުސްލިމުން މަރާފައިވާ އިރު ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެ މީހުން ދިރިއުޅޭ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.
އެގޮތުން ބަންގްލަދޭޝްއަށް އެތެރެވާ ރޮހިންޖާ މުސްލިމުންގެ އަދަދު ގާތްގަނޑަކަށް މިހާރުވެސް 700000 އަށް އަރާފައިވާ ކަމަށް އ.ދ އިން ވަނީ ބުނެފައެވެ.
މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތް ވުމަށް އެތަށް ހާސް ބަޔަކު އަދިވެސް ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާއިރު މި ޖަރީމާތަށް ފަށާފައި ވަނި ރޮހިންޖާ މުސްލިމުންތަކެއް މިޔަންމާގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ހަމަލާދީ ފުލުހުންތަކެއް މަރާލި ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން މިޔަންމާ ސިފައިންނާއި ބުދިސްޓުން ވަނީ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަޙައިން ސްޓޭޓަށް އަރައި މީހުން މަރައި އަންހެނުން ރޭޕްކޮށް ގެތަކުގައި ހުޅު ޖަހާފައެވެ. އެގޮތުން ރޮހިންޖާ މުސްލިމުން ދިރުއުޅޭ ސަރަހައްދުތަކަށް ދީފައިވާ ގެއްލުންތަށް ސެޓަލައިޓުން ވެސް ފެންނަ ކަމަށް މީގެ ކުރިން އދ އިން ވަނީ ބުނެފައެވެ.
މިޔަންމާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.
ރޮހިންޖާ މުސްލިމުންނާއެކު ތިބިކަން ކޮލަމާފުށީ ރައްޔިތުން ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ