ފްލެޓް ލިބުނު މީހުންގެ ނަންތައް ހައުސިން މިނިސްޓްރީން ހާމަ ކޮށްފައި ނުވަނީ ފްލެޓްދިނުމުގައި މަކަރާއި ހީލަތް ހަދާފައި ވާތީ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ކޮރަޕްޝަން އެކުލެވޭނެ ގޮތަށް ފްލެޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ..
"އެއް މައްސަލަ އެބަހުރި ފާހަގަ ކުރެވިފައި ދެ ލައްކަ ވަަރަކަށް ރުފިޔާ ހައުސިން މިނިސްޓްރީގެ ބައެއް ފަރާތްތަކަށް ހުށައަޅައިގެން އޭގެ ބަދަލުގައި ފްލެޓް ހޯދާފައި. އެހެންވީމަ މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަން އެފަދަ ގޮތްގޮތަށް ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓް ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ. ހަމަ މިއާއެކީގައި މެޑަމް ފާތިމަތު އިބްރާހިމް ހިންގަވާ އޮފީސް މެދުވެރިކޮށް ވެސް ގިނަ ބަޔަކަަށް ފްލެޓް ދިނުމަށް މަސައްކަތް ކޮށްފައިވާކަން އަޅުގަނޑުމެނަށް ވަނީ މައުލޫމާތު ލިބިފައި،" މަހްލޫފު ވިދާޅުވި އެވެ.
ފްލެޓް ލިބިފައިވާމީހުންގެ ނަންތައް ހާމަ ކުރުމަށް ވުރެ ބޮޑަށް ދެ ފުށްފެންނަ ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށާއި ފްލެޓް ނުލިބުނު މީހުނަށް ނުލިބުނު ސަބަބު އެނގެން ޖެހޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.
"މިކަންކަން ދިރާސާކޮށް ބެލިއިރު މައުލޫމާތު ލިބިފައި އެބަހުރި 100 ޕޮއިންޓް ލިބިފައިހުރި ފަރާތަައް (ފްލެޓް) ނުލިބި 60 ޕޮއިންޓް ލިބުނު ފަރާތްތަކަށް ލިފައި އެބަހުރި. އެހެންވީމަ 100 ޕިޮއިންޓް ލިބުނު މީހާއަށް އެބަ އެނގެން ޖެހޭ ކީއްވެގެން ކަން ތިމަންނާއަށް ނުލިބި 60 ޕޮއިންޓް ލިބުނު މީހާއަށް ފްލެޓް ލިބިފައި ހުރީ ކީއްވެކަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފްލެޓް ދޭން ޖެހޭ މީހުން ޔަގީން ކުރުމަށް އެގޭގެއަށް ގޮސް ބަލާ ޗެކް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ފްލެޓް ދީފައިވަނީ އޭގެ ހައްގުވެރިންނަށްކަން މީހާރު އެނގޭނެ ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓް މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން އިއުލާންކުރި އިރު އެމީހުންގެ ނަންތައް ހާމަކޮށްފައެއްނުވެ އެވެ. އޭގެ ބަދަލުގައި ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތައް ލިބޭ މީހުން އެ ލިސްޓުގައި، ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހިމަނައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
މި ފްލެޓްތަަކަށް ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ފްލެޓް ކަށަވަރުވެފައިވާ ކަމަށް ބުނެފައިވަނީ 661 މީހުނަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ފްލެޓް ލިބުނު މީހުންގެ ނަންތައް ހަމާ ނުކުރީ މަކަރާ އޮޅުވާލުންތައް ހުރީމަ: އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ