ރ އަތޮޅު މީދޫއަށް ރައީސް އަބުދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަޑައިގެންނެވުމުން، އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށް އެދި އެރަށުގެ ޒުވާނުން އަޑުއުުފުލަފިއެވެ.
މަޑުއްވަރީ ދާއިރާގެ ކެންޕޭން ފެށުމަށާއި، މެޑަމް ފާތިމަތު އިބްރާހިމް ކުރިއަށް ގެންދަވާ އިޖްތިމާއީ ޚިދުމަތްތަކުގެ ކަންކަން ކުރިއަށް ގެންދެވުމުގެ ގޮތުން މެޑަމް ފާތުން އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ރ މީދޫއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅާއި ދިމާކޮށް މީދޫގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ވަނީ އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށް އެދި އަޑުއުުފުލާފައެވެ.
ގުރޫޕަކުން ވަޅިން ހަމަލާދީ ލިޓަސް ގަރާޖު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާއި ގުޅިގެން އެރަށް ވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ.
ޒުވާނުން މިއަދު ވަނީ އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށާ، ޓީޝާޓެއް ކުށްވެރިކޮށްގެން މައްސަލަ ނުނިމޭނެކަމަށް ބުނެ އަޑުއުފުލާފައެވެ.
ޒުވާނުން އަޑުުއުފުލަމުން ގެންދައިރު، ފުލުހުން ވަނީ އެސަރަހައްދުގައި ފޯރިމަރާފައެވެ.
އަނަސްގެ މަރާ ގުޅިގެން ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ މ. އަސަރީހިޔާ ބަލައި ފާސްކޮށް 12 މީހަކު ހައްޔަރުކުރި އެވެ. އެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ގުޅިގެން ހޯދަމުންދާ މީހުން ހިމެނޭ ކަމުގައި ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން އެރޭ މައުލޫމާތު ދީފަ އެވެ.
އޭގެ ފަހުން މިމައްސަލާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. ދިމިޝްގު ކިޔާ ގެއެއް ބަލައި ފާސްކޮށް މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ވަނީ އުމުރުން 23 އަހަރުގެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި މި އެންމެންގެ މައްޗަށް ވެސް ކޯޓުން މުއްދަތު ޖަހައިދީފައިވެ އެވެ.
އަދި ފަހުން ލ އަތޮޅުންވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީދޫއަށް ޕީޕީއެމްގެ އިސްބޭފުޅުން ކުރަމުންދާ ދަތުރާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އަނިޔާވެރިކަމާއި، ބޭއިންސާފާއި، ކޮރަޕްޝަނަށް ރައްޔިތުން އާނބަސް ނުބުނާނެކަން މިއަދު މަޑުއްވަރީ ފެނުނު މަންޒަރުތަކުން ހާމަވާކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫއަށް މަޖިލީހުގެ ގޮނޑި ހޯދަން ކެންޕޭން ކުރަން ރައީސް ޔާމީން އެރުމުން ރައްޔިތުން ކުރާ ސުވާލުތަކުގެ ޖަވާބު ދޭންޖެހޭކަމަށެވެ.
ރޮޒައިނާ ވަނީ މި ޓްވިޓާއެކު އަނަސްއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން އަޑުއުފުލާ ފޮޓޯތަކެއް ހިމަނުއްވާފައެވެ.
މީދޫ ރައްޔިތުން އެދެނީ އަނަސްގެ މަރަށް އިންސާފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ