ދިރާގުގެ ބޯޑުން މެމްބަރު ޝާހުގެ ބޭބެ ވަކިކޮށްފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ބޭބެ، އަހުމަދު މުހައްމަދު ދީދީ ވަކިކޮށްފި އެވެ.
ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަހުމަދު ދިރާގުގެ ބޯޑުގައި އިންނެވީ ނޮން އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ބޯޑުން އޭނާ ވަކިކުރި ސަބަބެއް ހާމަ ނުކުރެއެވެ. ދިރާގުން ބުނީ އޭނާ ބޯޑުން ވަކި ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ދިރާގުން ބުނީ މިހާރު އެ ކުންފުނީގެ ބޯޑުގައި ތިބީ އަށް ޑައިރެކްޓަރުން ކަމަށާއި އޭގެ ތެރެއިން ޗެއާޕާސަން މުހައްމަދު އަޝްމަލީ އާއި، ޑެޕިއުޓީ ޗެއާ ޕާސަން އަބްދުއްރަހުމާން ޔޫސުފް ބިން ޔޫސުފް ފަހްރޯ، އަދި މެނޭޖިން ޑައިރެކްޓާ އިސްމާއީލް ރަޝީދު ފިޔަވައި ދެން ތިއްބެވި ފަސް ބޭފުޅުންނަކީ ނޮން އެގްޒެކިއުޓިވް ޑައިރެކްޓަރުން ކަމަށެވެ.
އަހުމަދު މުހައްމަދު ދީދީގެ ބަދަލުގައި ދިރާގުގެ ބޯޑަށް އެހެން ބޭފުޅަކު އަދި އައްޔަން ކޮށްފައެއް ނުވެއެވެ.
ދިރާގުގެ ބޯޑުން އަހުމަދު ވަކިކުރިއިރު، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާހު ވަނީ ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، މިދިޔަ މަހުގެ 10 ގައި ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ