ވެންކޫވާ، ކެނަޑާ (ޖުލައި 8) - ޕެނަލްޓީ ޖަހައިގެން 4-3 އިން ކޮލަމްބިއާ ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު ސްވިޒަލެންޑުން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
MGH Group of Companies
MGH Group of Companies
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ސްވިޒަލެންޑުން ކުޅެން ޖެހޭއިރު، މިއީ، 1954 ވަނަ އަހަރަށް ފަހު ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ގަދަ އަށެއްގައި ވާދަކުރާނެ ފުރަތަމަ ފަަހަރެެވެ،
މެޗުގެ ފުރަަތަމަ ހަމަލާ ފެނިގެންދިޔައީ 22 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، އޭރިއާ ރޮނގުކައިރިން، ގުސްޓާވޯ ޕުއޭޓާ ޖެހި ޝޮޓް ސްވިޒަލެންޑް ކީޕަރު، ގްރެގަރީ ކޮބެލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނެވެ. ސްވިޒަލެންްޑްގެ ފަބިއަން ރައިޑާ ތިރިތިރިން ފޮނުވާލި ޝޮޓް ކޮލަމްބިއާގެ ކީޕަރު، ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން އެރި ގޮތަށް ސްވިޒަލެންޑުގެ ޖިބްރީލް ސޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ސްވިޒަލެންޑުގެ ޑެން އެންޑޯއީއާ ގުޅިގެން ކުރި އެޓޭކެއްގައި ކުޅުން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސޯ ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ.
ކޮލަމްބިއާގެ ފޯވާޑް، ލުއިސް ސުއަރޭޒް، ސްވިޒަލެންޑުގެ އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ގޯލާސީދާނުވެ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ސްވިޒަލެންޑްގެ ފޯވާޑް، ޑޭން އެންޑޯއި ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގެ ތެރޭގައި ކޮލަމްބިއާ އިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ޖޯން ލުކޫމީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އަދި، އޭރިއާބޭރުން، ޖަމިންޓަން ކަމްޕާޒް ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ކޮބެލް އަތުުގައި ޖެހިފައި ކޯނަރަކަށެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބަދަަލަކަށް ކުޅެން އެރި، ސްވިޒަލެންޑްގެ ޒަކީ އަމްދޫނީ ކުޅެން އެރި ގޮތަށް ފުރަތަމަ ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ވާގާސް ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ހުސްކޮށް އަރައި ކަމްޕާޒް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޮލަމްބިއާގެ ޖުއާން ކިންޓޭރޯ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސްވިޒަލެންޑުގެ ފުރަތަމަ ޕެނަލްޓީ ގްރަނިޓް ޝަކާ ވަނީ ކީޕަރު ވާގާސް އަތުގައި ޖެހިފަ އެވެ. ކޮލަމްބިއާގެ ދެ ވަނަ ޕެނަލްޓީ، ޑަވިންސަން ސަންޗޭޒް ފޮނުވާލިއިރު، ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ލީޑުނަގަން ދިޔަ ސްވިޒަލެންޑްގެ ދެ ވަނަ ޕެނަލްޓީ ފޮނުވާލި އަމްދޫނީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ކޮލަމްބިއާގެ ތިން ވަނަ ޕެނަލްޓީ ޖެހި ކަމްޕާޒް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ސްވިޒަލެންޑްގެ ތިން ވަނަ ޕެނަލްޓީ މެނުއަލް އަކަންޖީ ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންްނެވެ. އެއާ އެކު، ޕެނަލްޓީގައި ވެސް ދެ ޓީމު ފުރަތަމަ ތިން ޕެނަލްޓީ އަށް ފަހު އެއްވަރުވި އެވެ.
ކޮލަމްބިއާގެ ހަތަރު ވަނަ ޕެނަލްޓީ ކޫޗޯ ހެނާންޑޭޒް ފޮނުވާލިއިރު، ސްވިޒަލެންޑްގެ ކީޕަރު ކޫބެލް ވަނީ މަތަކޮށްފަ އެވެ. ސްވިޒަލެންޑުގެ ހަތަރު ވަނަ ޕެނަލްޓީ ސެޑްރިކް އިޓެން ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮލަމްބިއާގެ ފަސް ވަނަ ޕެނަލްޓީ ލުއިސް ޑިއާޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސްވިޒަލެންޑުން ފަސް ވަނަ ޕެނަލްޓީ ޖަހަންދިޔަ، ރުބެން ވާގާސް ވަނީ ޕެނަލްޓީ ވައްދާލައި ސްވިޒަލެންޑް މޮޅުކޮށްދީފަ އެވެ.
ފްރާންސް - މޮރޮކޯ
ސްޕެއިން - ބެލްޖިއަމް
ނޯވޭ - އިންގްލެންޑް
އާޖެންޓީނާ - ސްވިޒަލެންޑް
ކޮލަމްބިއާ ކަޓުވާލައި ކުއާޓާގެ ފަހު ޖާގަ ސްވިޒަލެންޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ