ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މަދަނީ އިއްތިހާދުގެ އަބްދުﷲ

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ހަމަޖައްސަވައިފި އެވެ.ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އަބްދުﷲ އަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފައި ވަނީ މިދިޔަ މަހުގެ 20 ގައި ކަމަށެވެ. އަބްދުﷲ އަކީ އެމްޑީޕީން ވެރިކަމުގައި އޮތް އިރު ސަރުކާރުގެ ދީނީ ސިޔާސަތުތަކާއި އެހެންވެސް ކަންތައްތަކާ ހިތްހަމަނުޖެހުންފާޅުކޮށް، ކުރި ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހުންނެވި އެކަކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން އެމްޑީީޕީ ސަރުކާރާ ދެކޮޅަށް ޑިސެމްބަރު 23 އިިިއްތިހާދުގެ ނަމުގައި އިއްތިހާދެއް ހަދައި ހަރާކާތްތަކެއް ހިންގާފައިވެ އެވެ.މީގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ތިލަފުށި ކޯޕަރޭޝަންގެ އިންޖިނިއަރިން ކޮންސަލްޓަންޓަކަށް ހުންނެވި ޒިޔާދު ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ