ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަ މަންޒަރު ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Rayyithun aniyaverikamai khiyanathai alhavethikamaadhekolhah v saafukoh noonakey bunefaivanikoh gadhabaarun nufoozuge beynunkoggen rayyithunge haggu nigulhaigannathan balan rayyithun nuthibbavaanekan kashavaruYaa Allah mi aniyaaverikamun alhamen rakkatherikuravvandheyve.Ameen. pic.twitter.com/Fo8nH3BeYV
— Ilyas Hussain (@ilyaasipa) October 14, 2018
އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ އަނިޔާވެރިކަމާއި ޚިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ރައްޔިތުން ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވަނިކޮށް، ގަދަބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިއްބަވާނެކަން ކަށަވަރު ކަމަށެވެ.
އަދި މި އަނިޔާވެރިކަމުން ރައްކާތެރި ކުރެއްވުމަށް ޝެއިޚް އިލްޔާސް ވަނީ ﷲ އަށް ދުޢާ ދަންނަވާފައެވެ.
ޝެއިޚް އިލްޔާސް ވަނީ އައްޝުއުރާ ސޫރަތުގެ 227 ވަނަ އާޔަތް ވެސް މާނަޔާއެކު އެ ޓްވީޓްގައި އެޓޭޗް ކުރައްވާފައެވެ.
އެ އާޔަތުގެ މާނާގައި ވަނީ "އީމާންވެ ސޯލިޙް ޢަމަލަތައްކޮށް އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާ ލިބުމަށްފަހު ނަސްރު ލިބިގަތް މީހުން މެނުވީއެވެ. ނިކަން ހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަ ވާހުށީ ކޮންތަނަކަށްކަން އެނގޭ ހުށްޓެވެ."، މިއެވެ.
ޝެއިޚް އިލްޔާސް މިފަދައިން ޓްވީޓެއް ކުރައްވާފައި ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް އެދި ރައީސް އަަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއި ގުޅިގެންނެވެ.
އެ މައްސަލައިގެ ޝަރީޢަތް މިއަދު މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާއިރު، މިހާރުއްސުރެ ވެސް ގިނަ ބަޔަކު ވަނީ އެ އަޑުއެހުމަށް ވަންނަން ކޯޓު ބޭރުގައި ކިއު ހަދާފައެވެ.
ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ: ޝެއިޚް އިލްޔާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ