ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީވެސް އިސްކޮށް އުޅުއްވި ކަމަށް ޕީޕީއެމް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
މި ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށް ބުނެ ޔާމީން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ވޯޓް އޮޅުވާލުމަށްފަހު އަޝްމަލީ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށެވެ. އަދި ވޯޓް އޮޅުވާލުމުގައި އިސްކޮށް އުޅުނީ އިލެކްޝަނުގެ ރައީސް އަހްމަދު ޝަރީފާއި އަޝްމަލީ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިވުމުން ޕީޕީއެމާއި ރައީސް ޔާމީންވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރިއެވެ.، އެހެން ނަމަވެސް ފަހުން ނިކުމެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނެ އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އަޝްމަލީއާއި ދިމާލަށް ވޯޓް އޮޅުވާލި ކަމުގެ ތުހުމަތެއް ކޮށްފައެއް ނުވެއެވެ.
ދިރާގުގެ ޗެއާމަން އަޝްމަލީ އުޅުއްވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އައިޓީގެ އިސްވެރިއަކަށެވެ. އަދި ވޯޓު އޮޅުވާލަން އަޝްމަލީ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދިޔައެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ސާވާއާއި އަޝްމަލީ ކުޅެމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.
ވޯޓް އޮޅުވާލުމުގައި އަޝްމަލީވެސް އިސްކޮށް އުޅުނު: މެމްބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ